Ads by Stelco

ޚަބަރު

ރ. ރަސްމާދޫގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ

ރ. ރަސްމާދޫގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ

ސޯލާ ނިޒާމު ޤާއިމްކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 07:20

15 ޑިސެމްބަރު 2025، 07:20

ރ. ރަސްމާދޫގައި 300 ކިލޯވޮޓްޕީގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ކެޕޭސިޓީއާއި، 537 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރަސްމާދޫގައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވެ، ތިމާވެށްޓަށް ފައިދާވާނެ ގިނަގުނަ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ނިޒާމް ޢަމަލީގޮތުން ޤާއިމްކުރަން ފެށުމުން، އަހަރަކު 140،927 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު 345 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު ކުޑަކުރެވި، ރަސްމާދޫގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، ސަރުކާރުން މިހާރު ވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހަކަތައިގެ މަޝްރޫޢުތައް ހިންގަމުންނެވެ.

މިއީ، ރަސްމާދޫގެ އިޤްތިޞާދަށާއި ތިމާވެއްޓަށް ދުރު މުސްތަޤްބަލުގައި ގިނަ ފައިދާތަކެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ތިމާވެށްޓަށް ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން