Ads by Stelco

ޚަބަރު

އެން.ޕީ.ސީ.ގެ ވައިސް ޗެއާރމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

އެން.ޕީ.ސީ.ގެ ވައިސް ޗެއާރމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

ޒިޔާރާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 08:46

15 ޑިސެމްބަރު 2025، 08:46

ޗައިނާގެ 14 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީ (އެންޕީސީއެސްސީ)ގެ ވައިސް ޗެއާރމަން، ހިޒް އެކްސެލެންސީ ވަންގް ޑޮންގްމިންގ، ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ޤައުމީ ދާރުލްއާސާރަށް އެ މަނިކުފާނު ކުރެއްވި މި ޒިޔާރާތުގައި އެ މަނިކުފާނާ އިސްތިޤުބާލުކުރައްވައި މަރުޙަބާ ދެންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ޒިޔާރަތުގައި އެ ތަނުގައި ތަރުތީބުކޮށްފައިވާ އާސާރީ ތަކެއްޗާ ބެހޭ ތަފްޞީލްތައް ދާރުލްއާސާރުގެ ފަރާތުން ވަނީ އެ މަނިކުފާނަށް ހިއްސާކުރައްވާފައެވެ. މި މަޢުލޫމާތު އެ މަނިކުފާނާ ހިއްސާކުރެއްވީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުންނެވެ.

ޗައިނާގެ 14 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ކުރެއްވި މި ޒިޔާރާތުގައި އަރިހުގައި ޗައިނާގެ ފޮރިން އެފެއާޒް ކޮމެޓީ އޮފް ދަ ނޭޝަނަލް ކޮންގެރެސްގެ ވައިސް ޗެއަރމަން އަދި ޗައިނާ މޯލްޑިވްސް ފްރެއިންޑްޝިޕް ގްރޫޕް އޮފް ދަ ނޭޝަނަލް ޕިއުޕަލް ކޮންގްރެސްގެ ވައިސް ޗެއާރމަން ވަންގ ކޭ ގެ އިތުރުން ޗައިނާގެ ސޯޝަލް ޑިވެލޮޕްމަންޓް ކޮމެޓީގެ އޮފް ދަ ނޭޝަނަލް ޕިއުޕަލް ކޮންގްރެސް ވައިސް ޗެއަރމަން ޓަން ޓިއަންކްސިންގ ވެސް ބައިވެރިވެވަޑައިގަތެވެ.

މި ފަހަކަށް އައިސް، ދާރުލްއާސާރަށް ޒިޔާރަތްކުރާ ބޭރުގެ ވަފުދުތަކާއި، ފަތުރުވެރީންނާއި، ދިވެހީންނާއި، މަދުރަސާކުދީންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން