Ads by Stelco

ޚަބަރު

މިދިޔަ ހަފްތާގައި ސްކޭމްގެ 45 މައްސަލައެއް ހުށައެޅިފައިވޭ، ބޮޑު ޢަދަދެއް ރިކަވަރ ކުރެވިފައިވޭ

މިދިޔަ ހަފްތާގައި ސްކޭމްގެ 45 މައްސަލައެއް ހުށައެޅިފައިވޭ، ބޮޑު ޢަދަދެއް ރިކަވަރ ކުރެވިފައިވޭ

މިދިޔަ މަހު ސްކޭމްގެ 45 މައްސަލައެއް ހުށައެޅުނު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2025، 12:11

16 ޑިސެމްބަރު 2025، 12:11

 މިދިޔަ ހަފްތާގައި މަކަރާއި ހީލަތުގެ 45 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ގެއްލުނު ފައިސާގެ ތެރެއިން 130،287.80 ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު ޢަދަދެއް އަނބުރާ ހޯދުމަށް ފުލުހުންނަށް ލިބުނު ކާމިޔާބެކެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ހާމަކުރާ ގޮތުގައި މިދިޔަ ހަފްތާގައި ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ޖުމްލަ 591،751.47 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް، ފުލުހުންގެ ހަރުދަނާ މަސައްކަތުން ގެއްލުނު ފައިސާގެ ބައެއް ކަމަށްވާ 130،287.80 ރުފިޔާ ވަނީ ރިކަވާ ކުރެވިފައެވެ. މި އަދަދުތަކުން ދައްކައިދެނީ ރާއްޖޭގައި މަކަރާއި ހީލަތުގެ ޢަމަލުތައް ދަނީ އިތުރުވަމުން ކަމެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން 17 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އިންޕާސަނޭޝަން (މީހަކަށް ވެގެން ހެދުން) ގެ ހަތް މައްސަލައާއި، ކަރަންސީ އެކްސްޗޭންޖުގެ ފަސް މައްސަލައެއް ހިމެނެއެވެ. އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ހަތަރު މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާއިރު، އެހެނިހެން ބާވަތުގެ 12 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ގިނަވަމުންދާތީ، ފުލުހުން ވަނީ މިފަދަ މައްސަލަތަކެއް ދިމާވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ހަނުހުރުމަކީ ސްކޭމަރުންނަށް ކާމިޔާބު ލިބޭ ސަބަބެއް ކަމަށާއި، އަވަހަށް ރިޕޯޓްކުރުމަކީ ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން