ޚަބަރު
މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ %57 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ %57 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން 20 މީޓަރު ބްރިޖްގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 96،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހަމަ އެއާއެކު، 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3،789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން ހިމެނޭކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ބަނދަރު ބައްތިއާއި، ނެރު ބައްތި ހަރުކުރުުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ، 76.44 މިލިއަން ރުފިޔާއަށް ސަރުކާރުގެ ޚަރަދުގައި ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.
Project Update: Design and Build of Sh. Milandhoo Harbor Upgrade
— MTCC Plc (@MTCCPlc) December 15, 2025
Concrete casting of 20m bridge completed. Overall project progress is 57%
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/eBst0RjWhh