Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކާލާތުކުރާ މަދަނީ ޖަމުޢިއްޔާތަކަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކާލާތުކުރާ މަދަނީ ޖަމުޢިއްޔާތަކަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ޑިސެމްބަރު 2025، 03:26

16 ޑިސެމްބަރު 2025، 03:26

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކާލާތުކުރާ މަދަނީ ޖަމުޢިއްޔާތަކަށް ޚާއްޞަކޮށްގެން 'ސީ.އާރް.ޕީ.ޑީ އެލައިންޑް އެޑްވޮކަސީ' ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރިން ޕްރޮގްރާމުގައި 'ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ' (ސީ.އާރް.ޕީ.ޑީ) ގެ ތަޢާރަފްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤަށް ވަކާލަތު ކުރުމުގައި މި މުއާހަދާގެ އެކި މާއްދާތައް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތާއި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މުއާހަދާގައި ސަރުކާރާއި މަދަނީ ޖަމިއްޔާތަކުގެ ރޯލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، ދެފަރާތް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ތަމްރީންގައި، ނުކުޅެދުންތެރިކަން މާނަކުރާ ތަފާތު މޮޑެލްތަކަކީ ނުވަތަ ނަޒަރިއްޔާތުތަކަކީ ކޮބައިކަމާއި، މުއާހަދާގައިވާ ގޮތުގެ މަތިން މެޑިކަލް އަދި ޗެރިޓީ މޮޑެލްއިން ހިއުމަން ރައިޓްސް މޮޑެލްއަށް ވިސްނުމާއި އަމަލު ބަދަލު ކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވާހަކަ ދައްކާއިރު، ނުވަތަ ވަކާލާތު ކުރާއިރު، ބަސްމަގު ގެންގުޅެންވާނޭ ހެޔޮ ގޮތްތައްވެސް ބައިވެރިންނާއި ހިއްސާކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ތަމްރީންގައި ބައިވެރިވި ފަރާތްތަކުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަތްކަށް އެހެނިހެން މީހުންނާއި އެއް ހަމައެއްގައި މުޖުތަމަޢުގައި ބައިވެރިވުމުގައި، އެފަރާތްތަކުގެ ތަޖުރިބާތައް ވެސް ހިއްސާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން