ދުނިޔެ
އިންޑިއާގެ ބިހާރުގެ ޗީފް މިނިސްޓަރު މުސްލިމް ޑޮކްޓަރެއްގެ ނިޤާބު ނެގުން، ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި
އިންޑިއާގެ ބިހާރުގެ ޗީފް މިނިސްޓަރު މުސްލިމް ޑޮކްޓަރެއްގެ ނިޤާބު ނެގުން
އިންޑިއާގެ ބިހާރު ސްޓޭޓްގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރު، އަލަށް ވަޒީފާ ހަވާލުކުރި ޑޮކްޓަރުންނަށް ވަޒީފާގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމީ ހަފްލާއެއްގެ ތެރެއިން މުސްލިމް އަންހެން ޑޮކްޓަރެއްގެ ނިޤާބު ގަދަކަމުން ދަމައިގަނެ އެ ޑޮކްޓަރުގެ މޫނު ކަޝްފު ކުރުވުމުން ގިނަ ބަޔަކު ނުރުހި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި ހާދިސާ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައިވާއިރު، ގިނަ ބަޔަކު ދަނީ ކުމާރުގެ މި ޢަމަލަކީ ބާރުގެ ނާޖާއިޒު ބޭނުންކުރުން ކަމަށް ސިފަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ދައްކާ ގޮތުގައި، 75 އަހަރުގެ ޗީފް މިނިސްޓަރު ކުމާރު ވަޒީފާގެ ލިޔުން ހަވާލުކުރެއްވުމަށް ފަހު، ޑޮކްޓަރު ނުސްރަތު ޕަރުވީންގެ ނިޤާބަށް އިޝާރާތްކޮށް ސުވާލުކުރައްވައެވެ. އަދި އޭނާ ހިތްހަމަނުޖެހިފައި "މި ކޮން އެއްޗެއް؟" ކަމަށް ވިދާޅުވުމަށް ފަހު، އެ ނިޤާބު ނެގުމަށް އަމުރުކުރައްވައެވެ. އޭގެ ފަހުން، އޭނާ އަމިއްލަފުޅަށް ނިޤާބު ނަންގަވަން ފަށާއިރު، ހާޒިރުވެ ތިބި ބައެއް މީހުން ހެމުންދާ މަންޒަރު ފެނެއެވެ. އެއަށް ފަހު، އެތަނުގައި ހުރި އޮފިޝަލަކު އަވަހަށް އެ ޑޮކްޓަރު ސްޓޭޖުގެ އަރިމައްޗަށް ދުރަށް ގެންދެއެވެ.
މި ހާދިސާއާ ގުޅިގެން އެކްޓިވިސްޓުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ގިނަ ބަޔަކު މިކަން ސިފަކުރީ "އަންހެނަކަށް ކުރި "ޢާންމު އިހާނެތިކަމެއް" ގެ ގޮތުގައެވެ. ފާޑުކީ އެއް ފަރާތަކުން ބުނެފައިވަނީ: "މި ގޮތަށް ބާރުތަކާއި އަޣުލަބިއްޔަތުގެ ބޮޑާކަމާ އެކަމުގެ ހިމާޔަތާ ފަރުދާގައި ފޮރުވައިގެން ތިބެ އަންހެނުންގެ މިނިވަންކަން ނައްތާލަނީއެވެ." އެހެން ބަޔަކު ބުނެފައިވަނީ، ބޮޑުވަޒީރަކަށް ވިޔަސް، އެއްވެސް މީހަކަށް، ބާލިޣުވެފައިވާ ތަޢުލީމީ އަންހެނެއްގެ ހެދުން އެޅުމުގެ މިނިވަންކަމަށް އާންމުކޮށް އިހާނެތިކޮށް ނުހެދޭނެ ކަމަށެވެ.
މި ޢަމަލުގެ ސަބަބުން އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް އަލުން ބޮޑުވެގެން ދިޔައެވެ. އިންޑިއާގެ އާބާދީގެ ބޮޑު ބައެއް މުސްލިމުން ކަމުގައި ވިޔަސް، އެމީހުންނަށް ޢާންމުކޮށް ކަންކަމުގައި ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ރަމްޒުތަކުގެ ގޮތުގައި ތިބެންޖެހޭ އޮފިޝަލުންގެ ފަރާތުން ވެސް މިފަދަ ޢަމަލުތައް ފެނުމަކީ ކަންބޮޑުވާ ކަމެކެވެ.
ގިނަ ކޮމެންޓަރުން ވަނީ ނިތީޝް ކުމާރުގެ މި ޢަމަލަކީ ޒާތީ މިނިވަންކަމާއި އިޙްތިރާމުގެ މިންގަނޑުތަކާ އެއްގޮތް ނޫން، ލަދުވެތި އަދި އިހާނެތި ޢަމަލެއް ކަމަށް ސިފަކޮށްފައެވެ. އަދި މިކަމަށް އޭނާ ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް ގޮވާލާފައިވެއެވެ.
މިކަމުގެ ސަބަބުން އިންޑިއާގެ ސިޔާސީ ލީޑަޝިޕްގެ އަބުރަށް ހުތުރު އަރާފައިވާ ކަމަށާއި، މުސްލިމް އަންހެނުންގެ ޙައްޤުތަކާއި ކަރާމަތަށް ހުރި ފާޅުކަން ބޮޑު އިހާނެތިކަމެއް މި ޢަމަލުން ދައްކުވައިދޭ ކަމަށް ފާހަގަކުރެއެވެ.