Ads by Stelco

ޚަބަރު

ރާއްޖެއާއި އެމް.އާރް.ސީ.ބީ. އާ ދެމެދު ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އެމް.އާރް.ސީ.ބީ. އާ ދެމެދު ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ޑިސެމްބަރު 2025، 06:10

16 ޑިސެމްބަރު 2025، 06:10

ދިވެހިރާއްޖެއާއި މެލޭޝިއަން ރިސޯސަސް ކޯޕަރޭޝަން ބަރަހަޑް (އެމް.އާރް.ސީ.ބީ.) އާ ދެމެދު ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހިމް، މެލޭޝިއަން ރިސޯސަސް ކޯޕަރޭޝަން ބަރަހަޑް (އެމް.އާރް.ސީ.ބީ) ގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވައި، ހަކަތައިގެ ހައްލުތަކާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިދާނެ އެހީތެރިކަމާއި އެއްބާރުލުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެށްޓާ ބެހޭ ވުޒާރާގައެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ އަދި ދިގު މުއްދަތަށް ތިމާވެށީގެ ގޮތުން ރައްކާތެރި ގޮތްތައް ބަލައިގަތުމަށް ހުރި ފުރުޞަތުތައް ދެނެގަތުން ކަމަށެވެ. ޚާއްޞަކޮށް، ތިމާވެށްޓާ ރަހުމަތްތެރި ހަކަތައިގެ ހައްލުތަކާއި، ކުނި މެނޭޖްކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން