ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން 'ސިންގަޕޯރ އެއާލައިންސް' އަށް ވެސް ޚިދުމަތް ދޭން ފަށައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން 'ސިންގަޕޯރ އެއާލައިންސް' އަށް ވެސް ޚިދުމަތް ދޭން ފަށައިފި އެވެ.
ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން ސިންގަޕޯރ އެއާލައިންސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެމްއޭސީއެލްގެ ޑީއެމްޑީ މުޖްތަބާ ލަޠީފް އާއި، އެކްސްކޯ މެންބަރުންނާއި، ސިންގަޕޯރ އެއާލައިންސްގެ ޖެނެރަލް މެނޭޖަރ ހާޒިޤް ސުލައިމާން އަދި ސިންގަޕޯރ އެއާލައިންސްގެ ޗެކިންގ ކައުންޓަރގައި ހަރަކަތާތްތެރިވާ މުޒައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި، ސިންގަޕޯރ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި މި އެއަރލައިނުގެ މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ސިންގަޕޯރ އެއާލައިންސް އަކީ، ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 32 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.
Singapore Airlines has moved its operations to Terminal 1 of Velana International Airport. To mark the transition, a ceremonial water salute was given for the first flight, and arriving passengers were welcomed by Dhiraagu CEO & MD Ismail Rasheed, along with our CEO & MD, Ibrahim… pic.twitter.com/16JfWYYlpB
— Maldives Airports Company Ltd (@MACLmedia) December 16, 2025