ޚަބަރު
ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު
ނިޔާވި އަޒްމީލް/ފޮޓޯ: ސްޓެލްކޯ
ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިޡާގައިި ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އޮންނާނެއެވެ.
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 42 އަހަރުގެ އަޙުމަދު އަޒްމީލް އެވެ. އަޒްމީލް އަކީ ސްޓެލްކޯގައި 21 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި މުވައްޒަފެކެވެ.
މިކަމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްފައި ސްޓެލްކޯއިން ވިދާޅުވީ، މަރުޙޫމް އަޙްމަދު އަޒްމީލްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށްފަހު މަސްޖިދުލް ޒައިދު ބިން ޘާބިތު (ހުޅުމާލޭ ސަހަރާ މިސްކިތް) ގައި އޮންނާނެ ކަމަށެވެ. އަދި މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ވިދާޅުވީ އަޒްމީލްގެ ޢާއިލާގެ އެދުމުގެ މަތިން، އަޒްމީލްގެ ހަށިގަނޑު މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.