Ads by Stelco

ޚަބަރު

ކުރެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެތި ހޯދައިފި

ކުރެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެތި ހޯދައިފި

ފުލުހުން ހޯދި ތަކެތި/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ޑިސެމްބަރު 2025، 08:50

16 ޑިސެމްބަރު 2025، 08:50

ޅ. ކުރެންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރެންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، މިހިނގާ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެތަކެތި ފެނިފައި ވަނީ ކުރެންދޫ އުތުރު ފަރާތު ބަނދަރު ސަރަޙައްދު ބަލައިފާސްކުރިއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ސަރަޙައްދު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ދެ ފުޅިއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 21 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 6.8 ގްރާމެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މިމައްސަލަ ކުރެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން