Ads by Stelco

ޚަބަރު

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ޢަދުލުވެރިކަމުގެ ރަމްޒެއް: ސީޕީ ނަވީން

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ޢަދުލުވެރިކަމުގެ ރަމްޒެއް: ސީޕީ ނަވީން

ސީޕީ ނަވީން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ޑިސެމްބަރު 2025، 08:51

16 ޑިސެމްބަރު 2025، 08:51

ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ޢަދުލުވެރިކަމުގެ ރަމްޒެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ، ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީޕީ ވިދާޅުވީ، ފުލުހުންގެ ނޫކުލައިގެ ޔުނީފޯމުން ކޮންމެ ދުވަހަކުވެސް ފުލުހުން އަދާކުރަންޖެހޭ ވަޒީފާ ހަނދާން ކޮށްދޭނެކަމަށާއި، ފުލުހުންގެ ހުވަޔާއި އަޒުމުން ފުލުހުންނާ ހަވާލުކުރެވިފައިވާ މަތިވެރި ޒިންމާ ހަނދާންކޮށްދޭނެ ކަމަށެވެ. އަދި ފުރިހަމަކުރި ތަމްރީނުން ބިނާކުރި ޝަޚުސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސީޕީ އެދިލެއްވިއެވެ. ހަމައެއާއެކު، ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއްކަން ފާހަގަކުރައްވައި، ފުލުހުންގެ މި ފަހުރުވެރި ޔުނީފޯމަށް ގަދަރުކުޑަވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ވިސްނުމާއި އަޒުމް އިމްތހާނުކުރެވޭ ހާލަތްތަކާއެކު ފުލުހުންގެ މަސައްކަތަކަކީ ގޮންޖެހުންތައް ގިނަ، ޕްރެޝަރުގައި މަސައްކަތްކުރަންޖެހޭ ވަގުތުތައް ގިނަ، އަދި އުނދަގޫ ނިންމުންތައް ނިންމަންޖެހޭ ހާލަތްތައް ވެސް އަންނާނެ މަސައްކަތެއްކަން ފާހަގަކުރައްވައި،  މިފަދަ ވަގުތުތަކުގައި އެއްވެސް ފުލުހަކު އެކަނިވެރި ނުވާނެކަމަށާއި، ކޮންމެ ފުލުހަކީ ވެސް ދިގު ތާރީޚެއް އޮތް ފަޚުރުވެރި މުއައްސަސާއެއްގެ ބައެއްކަން ހަނދާނުގައި ބެހެއްޓުމަށް ސީޕީ ނަވީން އެދިވަޑައިގެންނެވިއެވެ. 

ހަމަ އެއާއެކު، ފުލުހުން ކުރިއަށް ދިއުމަށްޓަކައި އިޚްތިޔާރުކުރި މަގަކީ ފަސޭހަ މަގެއް ނޫންކަމަށާއި، އިޚްތިޔާރުކުރި މަގަކީ ބުރަ ބޮޑު އަދި ޒިންމާދާރު، ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން ފާހަގަކުރައްވައި، ޤައުމުގެ ސަލާމަތަށާއި ރައްޔިތުންނަށްޓަކައި އިޚްތިޔާރުކުރި މަގަކީ ހަމައެކަނި ވަޒީފާއެއް ކަމުގައި ނުދެކުމަށް ސީޕީ ނަވީން ގޮވަނީ ގޮވާލައްވާފައެވެ. ހަމަ އެހެންމެ، ޤައުމީ ގޮވާލުމަކަށް އިޖާބަދެވުނީކަމަށް ދެކި، ނުކުމެވުނު މަގަގީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަން ހަނދާނުގައި ބެހެއްޓުމަށް ސީޕީ ނަޞޭޙަތްތެރިވިއެވެ.

ސީޕީ ނަވީން ވަނީ، ނަޒާހަތްތެރިކަމާއެކު ޢަމަލުކުރުމަށާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިތްވަރާއި ސާބިތުތަކާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން