Ads by Stelco

ޚަބަރު

މާލީ ވަޒީރު ކާމިޔާބު ސަރޖަރީއަކަށް ފަހު، މިއަންނަ ހަފްތާގައި އޮފީހަށް ނިކުންނަވާނެ

މާލީ ވަޒީރު ކާމިޔާބު ސަރޖަރީއަކަށް ފަހު، މިއަންނަ ހަފްތާގައި އޮފީހަށް ނިކުންނަވާނެ

މާލީ ވަޒީރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ޑިސެމްބަރު 2025، 03:36

17 ޑިސެމްބަރު 2025، 03:36

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުގެ ކާމިޔާބު ސަރޖަރީއަކަށް ފަހު، މިއަންނަ ހަފްތާގައި އޮފީހަށް ނިކުންނަވަން ނިންމަވައިފި އެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، މިއަދު ވަޒީރު އިމަރޖެންސީ ނޫން ސަރޖަރީއެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަދު ކުރިއަށްގެންދިޔަ ވަޒީރުގެ ސަރޖަރީ ކާމިޔާބު ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވަޒީރު މޫސާ ޒަމީރުގެ ސަރޖަރީއަކީ ކުރިން ތާވަލުކުރެވިގެން ކުރެއްވި ސަރޖަރީއެއް ކަމަށެވެ. ހަމަ އެހެންމެ، މިއަދު ކުރިއަށްގެންދިޔަ މި ސަރޖަރީ ކާމިޔާބު ކަމަށާއި ވަޒީރުގެ ހާލު ވެސް ރަނގަޅުވަމުން އަންނަކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ވަޒީރު މިވަގުތު ހޮސްޕިޓަލުގައި ރިކަވަރ ކުރައްވަމުންދާ ކަމަށެވެ.

ހަމަ އެހެންމެ، މިއަންނަ ހަފުތާގައި ވަޒީރު އޮފީހަށް ނިކުންނަވާނެ ކަމަށްވެސް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450