Ads by Stelco

ޚަބަރު

ރާއްޖެއަށް އޮސްޓްރޭލިޔާ އިން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، ޓޮޕް 10 ގައި ހިމެނިއްޖެ

ރާއްޖެއަށް އޮސްޓްރޭލިޔާ އިން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، ޓޮޕް 10 ގައި ހިމެނިއްޖެ

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އޮސްޓްރޭލިޔާއިން ރާއްޖެއަށް ޒިޔާރާތްކުރި ނޫސްވެރިންތަކެއް. ފޮޓޯ: އެމްއެމްޕީއާރްސީ ބ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 03:21

17 ޑިސެމްބަރު 2025، 03:21

މި އަހަރުގެ މިހާތަނަށް އޮސްޓްރޭލިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 13 އިންސައްތަ އިތުރުވެއްޖެއެވެ.

މި ކުރިއެރުމާއެކު އޮސްޓްރޭލިޔާ މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓުގައި ހިމެނިފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިޔާއިން ރާއްޖެއަށް 40,490 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 35,818 ފަތުރުވެރިންނާ އަޅާ ބަލާއިރު %13 އިތުރު ޢަދަދެކެވެ. މި ޢަދަދުތަކުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އޮސްޓްރޭލިޔާގެ މުހިންމުކަން އިތުރުވަމުންދާ ކަމެވެ.

އޮސްޓްރޭލިޔާގެ ފަތުރުވެރިންގެ ޢަދަދަށް އައި މި ކުރިއެރުމާއެކު، އެޤައުމުން މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓުގެ 10 ވަނައިގައި ޖާގަ ހޯދާފައެވެ. މިދިޔަ އަހަރު ނިމުނު އިރު އޮސްޓްރޭލިޔާއަކީ މި ލިސްޓުގެ 12 ވަނައިގައި އޮތް ޤައުމެވެ. މިގޮތުން، އޮސްޓްރޭލިޔާ ވަނީ ސްވިޒަރލޭންޑު ފަހަތަށް ޖައްސާލުމަށްފަހު ޓޮޕް 10 ގެ ތެރެއަށް ވަދެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމު:1- ޗައިނާ2- ރަޝިޔާ3- އިނގިރޭސިވިލާތް4- ޖަރުމަންވިލާތް5- އިޓަލީ6- އިންޑިޔާ7- އެމެރިކާ8- ފްރާންސް9- ސްޕެއިން10- އޮސްޓްރޭލިއާ

ޖުމްލަ ގޮތެއްގައި ބަލާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 2.1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ. އޮސްޓްރޭލިޔާ ފަދަ މާކެޓްތަކުން ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ހިތްހަމަޖެހުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450