Ads by Stelco

ޚަބަރު

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް 3,789 އެނދު ނެރެފި

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް 3,789 އެނދު ނެރެފި

ރާއްޖޭގެ ރިސޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 03:23

17 ޑިސެމްބަރު 2025، 03:23

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މުޅިން އަލަށް 3,789 އެނދު ނެރެފައިވާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އިތުރުވުމާއެކު މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޖުމްލަ 67،037 އެނދުން ފަތުރުވެރިންނަށް ހިދުމަތް ދެމުން އެބަދެއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަސް ފެށިއިރު ފަތުރުވެރިންނަށް ހިދުމަތް ދެމުން ދިޔައީ 63،248 އެނދުންނެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު، މިހާރު ވަނީ 3,789 އެނދު އިތުރުވެފައެވެ. މިހާރު ރާއްޖޭގައި ޖުމްލަ 1319 ތަނަކުން ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނައިރު، މި ތަންތަނުގެ ތެރޭގައި ހިމެނެނީ 178 ރިސޯޓު، 958 ގެސްޓުހައުސް، 167 ސަފާރީ، އަދި 16 ހޮޓަލެވެ.

އެނދުތަކުގެ ކެޕޭސިޓީއަށް ބަލާއިރު، ރިސޯޓުތަކުން 44،523 އެނދު، ގެސްޓު ހައުސްތަކުން 16،594 އެނދު، ސަފާރީތަކުން 3،322 އެނދު، އަދި ހޮޓާތަކުން 2،598 އެނދު މިހާރު އޮޕަރޭޝަނަށް ގެނެސްފައިވެއެވެ. މި އިތުރުވުންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ލިބުނު ހިތްވަރެކެވެ.

ފަތުރުވެރިން އައުމުގެ ނިސްބަތަށް ބަލާއިރު، ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 2،120،759 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު، 10 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ވުމާއެކު، މިހާރުގެ ކުރިއެރުންތަކަކީ އުއްމީދީ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން