Ads by Stelco

ޚަބަރު

ސިޓީތަކާ ބެހޭ ވުޒާރާގެ އަހަރީ ރިވިޔު ފަށައިފި

ސިޓީތަކާ ބެހޭ ވުޒާރާގެ އަހަރީ ރިވިޔު ފަށައިފި

އަހަރީ ރިވިޔު ފެށުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ޑިސެމްބަރު 2025، 03:23

17 ޑިސެމްބަރު 2025، 03:23

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އަހަރީ ރިވިޔު ފަށައިފިއެވެ. 

މި ރިވިޔު ފަށާފައި ވަނީ، މިއަދު ހެނދުނު އެކަމަށްޓަކައި އެ ވުޒާރާގެ 'ކުޅިވަރު ފެންޑާ' ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ރިވިޔު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ އަލްއުސްތާދު މޫސާ ފަތުޙީ އާދަމް ވާހަކަފުޅު ދެއްކެވިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާގެ އަހަރީ ރިވިޔުގެ މައިގަނޑު މަޤުޞަދަކީ އެ ވުޒާރާގެ ޑިޕާޓްމަންޓުތަކުން މި ހިނގާ 2025 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަށް ރޭވިފައިވާ ކަންކަން ހުށަހަޅައި ދިނުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. 

މި ރިވިޔުގެ ދެވަނަ ދަންފަޅި ކުރިއަށް ދާނީ މާދަމާ ހެނދުނު 09:00 އިން 12:00 އަށް ސިޓީތަކާ ބެހޭ ވުޒާރާގެ ރަށްވެހި މާލަމުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން