Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާއަރުވަނީ

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާއަރުވަނީ

ހަވާ އެރުވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ޑިސެމްބަރު 2025، 05:32

17 ޑިސެމްބަރު 2025، 05:32

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އެރުވުމުގެ ޙަރަކާތެއް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ފޭސް 3ގައި މިރޭ 20:00 އާއި 20:30 އާއި ދެމެދުގައެވެ. އަދި ހަވާ އެރުވުމުގެ މުއްދަތަކީ 3 މިނެޓު ކަމުގައި ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޙަރަކާތަކީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުޞޫލުން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ސިފްކޯއިން ވަނީ މީގެ ކުރިން ވެސް އެކި ޚާއްޞަ މުނާސަބަތުތަކާއި ޙަރަކާތްތަކާ ގުޅިގެން ވިޔަފާރި އުޞޫލުން ހަވާ އެރުވުމުގެ ޙަރަކާތްތައް ގިނަ ފަހަރު ކުރިއަށް ގެންގޮސްފައެވެ. މިފަދަ ޙަރަކާތްތަކަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން