Ads by Stelco

ޚަބަރު

ރަސްމާލެއިން 23 ހެކްޓަރު ހިއްކައި، މަސައްކަތުގެ 17 އިންސައްތަ ފުރިހަމަކޮށްފި

ރަސްމާލެއިން 23 ހެކްޓަރު ހިއްކައި، މަސައްކަތުގެ 17 އިންސައްތަ ފުރިހަމަކޮށްފި

ރަސްމާލޭގެ ބިންހުއްކުން ކުރިޔަށްދަނީ / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

18 ޑިސެމްބަރު 2025، 10:21

18 ޑިސެމްބަރު 2025، 10:21

މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ރަސްމާލޭގެ ބިމުގެ ބޮޑު ބައެއް ހިއްކައިފިއެވެ.

ރަސްމާލެ ހިއްކުން އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު މި މަހުގެ 1ވަނަ ދުވަހު ބޭނުންކުރަންފަށާފައިވާއިރު، މިހާތަނަށް 23 ހެކްޓަރު ހިއްކާފައިވާކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ވަނީ ހާމަކޮށްފައެވެ.

ރަސްމާލޭގެ ބިންހުއްކުން ކުރިޔަށްދަނީ / ފޮޓޯ: އެމްއޭސީއެލް

އެގޮތުން މި މަޝްރޫޢުގެ ދަށުން ޖުމްލަ 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް މަސައްކަތުގެ 17 އިންސައްތައަށްވާ ބިން މިވަނީ ހިއްކާ ނިމިފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ވަނީ ބިޔަ 3 ޑްރެޖަރެއް ގެނަސްފައެވެ. އެގޮތުން އެންމެ ފަހުން ގެނައީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރުކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" އެވެ.

ރަސްމާލޭގެ މަޝްރޫޢަކީ، ދުނިޔޭގެ ވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. މީގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށްގެންދާއިރު، ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން