Ads by Stelco

ޚަބަރު

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ 2 މަސްބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ 2 މަސްބޯޓެއް ހިފަހައްޓައިފި

ޑްރޯން ބޭނުންކުރުން/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 12:32

18 ޑިސެމްބަރު 2025، 12:32

ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ 2 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓުތައް ހިފަހައްޓާފައި ވަނީ ސަރަޙައްދީ ޤައުމުތަކުން ހިއްސާކުރި މަޢުލޫމާތުގެ ޒަރިއްޔާއިން ކަމަށެވެ.

އެގޮތުން، މި 2 ބޯޓު ހިފަހައްޓާފައި ވަނީ، އެއްކުރި މަޢުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ދެ ބޯޓު މިހާރު ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިވާއިރު، ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މިކަމާ ގުޅޭ ތަހުޤީޤެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން