Ads by Stelco

ޚަބަރު

ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފި

ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފި

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 01:11

18 ޑިސެމްބަރު 2025، 01:11

ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބާއްވާ ޖޮއިންޓް މެކޭނިޒަމް މީޓިންގގެ 7 ވަނަ ބައްދަލުވުން ބާއްވައިފި އެވެ.

ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓުއަރިސްޓް ޕޮލިހުން ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 17ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި، އެއަރޕޯޓް އެންޑް ޓުއަރިސްޓް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް އާއި، ޓޫރިސްޓް ޕޮލިސްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަރުޝަދު ޙަސަން ބައިވެރިވެލެއްވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޓުއަރިސްޓް ޕޮލިހުން ވަނީ، މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ސިނާޢަތަށް އަމާޒުކޮށްގެން ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ޓުއަރިސްޓް ޕޮލިހުގެ ފަރާތުުން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޓޫރިސްޓް ސެކިއުރިޓީ އެންޑް ސޭފްޓީ އެވެއަރނަސް 3 ވީޑިއޯ ލޯންޗުކޮށްފައެވެ.

މި ވީޑިއޯތައް ލޯންޗު ކޮށްދެއްވީ، ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ޗައިނާ އެމްބެސެޑަރ ކޮންގ ޝިއާން ހޫންއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން