Ads by Stelco

ޚަބަރު

އިންޑިއަން އާމީއާއި އެމްއެންޑީއެފުން ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަސައިޒް އެކުވެރިން" ނިންމާލައިފި

އިންޑިއަން އާމީއާއި އެމްއެންޑީއެފުން ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަސައިޒް އެކުވެރިން" ނިންމާލައިފި

އެކްސަސައިޒް ނިންމުން/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 04:07

18 ޑިސެމްބަރު 2025، 04:07

އިންޑިއަން އާމީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން"ގެ 14 ވަނަ އެޑިޝަން، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ޤައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޑިސެންބަރު 2 އިން 16އަށް، 14 ދުވަހުގެ މުއްދަތަށް އިންޑިއާގެ ޓްރިވެންޑްރަމްގައެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯރގެ 45 މެރީންސް ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް، ޓްރޭނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ. މި އެކްސަސައިޒްގެ ތެރެއިން، ޑިސެންބަރު 13 އަދި 14 ގައި ކުރިއަށްގެންދިޔަ ވެލިޑޭޝަން އެކްސަސައިޒްގައި ރެއިޑަކާއި ސީއޭއެސްއޯ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މީގެ އިތުރުން، މި އެކްސަސައިޒްގައި ޑްރޯން ފަދަ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި އެކްސަސައިޒްގެ ވެލިޑޭޝަން އެކްސަސައިޒް ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކާނަލް އަމާނުﷲ އަޙްމަދު ރަޝީދާއި، އެމްއެންޑީއެފް މެރިން ކޯރ ޓްރޭނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ އިބްރާހީމް ޝާހިދާއި، އެމްއެންޑީއެފް މެރިން ކޯރގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 3ގެ ކޮމާންޑަރ، ކެޕްޓަން ފަތުޙުﷲ އަޤީލް ވަޑައިގަންނަވާފައި ވެއެވެ.

ހަމަ އެއާއެކު، ޑިސެމްބަރު 15ވަ ނަ ދުވަހު ބޭއްވި "އެކްސަސައިޒް އެކުވެރިން" ނިންމުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ދެމެދުގައި ވަނީ މެމެންޓޯސް ބަދަލުކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން