Ads by Stelco

ޚަބަރު

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

ގުޅީފަޅު/ފޮޓޯ: ރަސް އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 04:10

18 ޑިސެމްބަރު 2025، 04:10

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރު ފަހު 13:21 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިކަމުގެ މަޢުލޫމާތު ލިބުމާއެކު، ފުލުހުން އެ ސަރަޙައްދަށް ގޮސް، އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ، މި މައްސަލައާ ގުޅިގެން މަޢުލޫމާތު ލިބޭ ވަރަކުން މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން