Ads by Stelco

ޚަބަރު

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ސްމާޓް މިނީ ގްރިޑް ސިސްޓަމުން ޖޭ.ސީ.އެމް. ކްރެޑިޓް ދޫކުރަން ފައިނަލްކޮށްފި

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ސްމާޓް މިނީ ގްރިޑް ސިސްޓަމުން ޖޭ.ސީ.އެމް. ކްރެޑިޓް ދޫކުރަން ފައިނަލްކޮށްފި

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 06:56

18 ޑިސެމްބަރު 2025، 06:56

ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ބޭއްވި ޖޭ.ސީ.އެމް.ގެ 5 ވަނަ ބައްދަލުވުމުގައި، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކޮށްފައިވާ ސްމާޓް މިނީ ގްރިޑް ސިސްޓަމުން ޖޭ.ސީ.އެމް. ކްރެޑިޓް ދޫކުރުން ފައިނަލްކޮށްފިއެވެ.

މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ.) ތަންފީޒުކުރުން އިތުރަށް ހަރުދަނާވެ، ޤައުމީ އިޔާދަކުރަނިވި ހަކަތަ (ރިނިއުވަބަލް އެނަރޖީ) އާއި ހަކަތަ އިތުރުކުރުމުގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވެގެންދާނެކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ  ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ސްމާޓް މިނީ ގްރިޑް ސިސްޓަމްގައި ސޯލާ ޕީ.ވީ. (ފޮޓޯވޮލްޓެއިކް) އާއި ބެޓެރީ އެނަރޖީ ސްޓޯރޭޖް އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ހިމެނޭ ކަމަށެވެ. ހަމަ އެއާއެކު، މި ސިސްޓަމް ތަރައްޤީކުރެވިފައި ވަނީ ޖޭ.ސީ.އެމް. (ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމް) އަދި އޭ.ޑީ.ބީ. (އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް) ގެ އެހީގައި ހިންގާ ޕީ.އޯ.އައި.އެސް.އީ.ޑީ. (POISED) މަޝްރޫޢުގެ ދަށުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ޖޭ.ސީ.އެމް.ގެ ދަށުން މި ކާމިޔާބީއަކީ، ކާބަން ބޭރުކުރުން ކުޑަކުރުމުގެ ތަރައްޤީއަށް ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ.

ހަމަ އެހެންމެ، މިއީ ދިވެހިރާއްޖެއިން ދުނިޔޭގެ މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން