Ads by Stelco

ޚަބަރު

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެއްޗާއެކު، 3 ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެއްޗާއެކު، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 07:13

18 ޑިސެމްބަރު 2025، 07:13

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޓިނޯ ގަނެސަން (27އ) އާއި، އަރުޖުން ކުއްޕަން (25އ)، އަދި  އަނީޝް ޕުޝްޕަކަރަން (33އ) އެވެ. މި ތިން މީހުންނަކީ ވެސް އިންޑިއާ ރައްޔިތުންކަމަށް ފުލުހުން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނީ މި ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، މި އެޕާރޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން