Ads by Stelco

ޚަބަރު

ޝަމްއާން ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

ޝަމްއާން ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

ޝަމްއާން/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ޑިސެމްބަރު 2025، 08:04

18 ޑިސެމްބަރު 2025، 08:04

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޝަމްއާން މަޤާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، އެ އިދާރާގައި ޢަމަލުކުރަމުންދާ އުޞޫލުތަކާ ޚިލާފަށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައެވެ. އެގޮތުން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަކަމަށް  ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ޝަމްއާން ހައްޔަރުކޮށް، އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ. ހަމަ އެހެންމެ، ބަންދުގެ މުއްދަތު ހަމަވާން ކައިރިވުމުން ބަންދާ މެދުގައި ގޮތެއް ނިންމުމަށް އަލުން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ. ހަމަ މިއާއެކު، ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ބަންދު މުރާޖާއާގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ޝަމްއާން ބަންދުކުރަން ޖެހުނު ހާލަތު އަދިވެސް ފިލައިނުގޮސް، ވުޖޫދުގައި އެބައޮތް ކަމަށާއި، އެހެން ކަމުން މިވަގުތު ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށެވެ.

ނަމަވެސް، ހެކި ބަސް ނެގުމުގެ މަރުޙަލާ ނިމުމުން ދައުލަތުން އިސްވެ ޝަމްއާންގެ ބަންދުން ދޫކޮށްލަށް ދިނުމަށް އެދޭނެކަން ފާހަގަކޮށްފައިވާކަމަށް ގާޟީ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން