ޚަބަރު
ކ. މާފުށީގައި މިރޭ ހަވާއަރުވަނީ
ހަވާ އެރުވުން--
ކ. މާފުށީގައި ގައި މިރޭ ހަވާ އެރުވުމުގެ ޙަރަކާތެއް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދޭގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މާފުށީގައި މިރޭ 21:00 ހާއިރުއެވެ. އަދި ހަވާ އެރުވުމުގެ މުއްދަތަކީ 3 މިނެޓު ކަމުގައި ވެސް އެމްއެންޑީއެފުން ބުނެއެވެ.
ކ.މާފުށީގައި މިރޭ 21:30ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު.
— Maldives National Defence Force (@MNDF_Official) December 19, 2025
މި ޙަރަކާތަކީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުޞޫލުން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ސިފްކޯއިން ވަނީ މީގެ ކުރިން ވެސް އެކި ޚާއްޞަ މުނާސަބަތުތަކާއި ޙަރަކާތްތަކާ ގުޅިގެން ވިޔަފާރި އުޞޫލުން ހަވާ އެރުވުމުގެ ޙަރަކާތްތައް ގިނަ ފަހަރު ކުރިއަށް ގެންގޮސްފައެވެ. މިފަދަ ޙަރަކާތްތަކަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެއެވެ.