ޚަބަރު
ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާއަށް ނިސްބަތްވާ މީހެއް
ގުޅީފަޅު--
ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާއަށް ނިސްބަތްވާ މީހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެވަގުތު އެމީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް، ފަހުން ނުފެނިގެން އެ ސަރަޙައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މަޢުލޫމާތު ދީ، މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މަޢުލޫމާތު ދީފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ކޯސްޓްގާރޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 އެހައިކަންހާއިރު ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ޙާދިސާގައި، މަރުވެފައި އޮތްވާ ފެނިފައި ވަނީ ޗައިނާއަށް ނިސްބަތްވާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.