Ads by Stelco

ޚަބަރު

ތިލަމާލެ ބުރިޖު: މަޝްރޫޢުގެ ޖުމުލަ މަސައްކަތްތަކުގެ %67.4 ނިމިއްޖެ

ތިލަމާލެ ބުރިޖު: މަޝްރޫޢުގެ ޖުމުލަ މަސައްކަތްތަކުގެ %67.4 ނިމިއްޖެ

ތިލަމާލެ ބްރިޖް މަސައްކަތް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ޑިސެމްބަރު 2025، 06:02

19 ޑިސެމްބަރު 2025، 06:02

ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޖުމުލަ މަސައްކަތްތަކުގެ 67.4 އިންސައްތަ މަސައްކަތްތައް ނިންމާލައިފިއެވެ.

މި މަޝްރޫޢުގައި ޖެހުމަށް ކަނޑައެޅިފައިވާ ހުރިހާ ތަނބެއްގެ ޕައިލިންގް މަސައްކަތް މިހާރު ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، 530 މިލިއަނަށް ވުރެ ބޮޑު ޢަދަދެއް ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ތެރެއިން ޕައިލްކެޕް ބިނާކުރުމާއި ޕިއަރ ކޮލަމްތަކުގެ 98 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ބުރިޖެއްގެ ސިފަ ޖެއްސުމަށާއި ޑެކު އެޅުމުގެ ބޭނުމަށްޓަކައި ސެގްމެންޓުތަކެއް ޕްރީކާސްޓުކުރަންޖެހޭއިރު މި މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާއިރު، ބިނާކުރި ޕްރީކާސްޓު ސެގްމެންޓުތަކުގެ 36 އިންސައްތަ މިހާރު ލޯންޗުކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މި މަޝްރޫޢުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.  މި ބުރިޖު ނިމޭއިރު، އެ ބްރިޖުގެ ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. 

މި މަސައްކަތް ރާވާފައިވާ ގޮތުން، މާލެއިން ގުޅިފަޅަށް ގުޅާލާ ނިމޭނީ އަންނަ އަހަރުގެ މާރިޗު މަހެވެ. އަދި އެއަށްފަހު ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތް ނިންމޭނީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައި ވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢު ހިންގުމަށްޓަކައި އިންޑިއާގެ އެގްޒިމް ބެންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 400 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު އެ ޤައުމުގެ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ވަނީ ފޯރުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން