Ads by Stelco

ޚަބަރު

ވިއްސާރަވެ މާލޭގެ ފެންބޮޑުވުމުގެ ސަބަބުން ސިފައިން މާލޭގެ ފެން ހިންދަން ނުކުމެއްޖެ

ވިއްސާރަވެ މާލޭގެ ފެންބޮޑުވުމުގެ ސަބަބުން ސިފައިން މާލޭގެ ފެން ހިންދަން ނުކުމެއްޖެ

މާލޭގެ ފެން ހިންދުމުގެ މަސައްކަތްް އެމްއެންޑީއެފުން ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޑިސެމްބަރު 2025، 01:19

20 ޑިސެމްބަރު 2025، 01:19

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ.

 މިހާރުވެސް ސިފައިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް ބޭނުންވާ ޕަންޕްތައް ރޭގެ ދަންވަރުން ފެށިގެން ވަނީ ބަހައްޓާފައެވެ. އަދި ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރިއަށެވެ. ސިފައިންގެ މި މަސައްކަތަކީ އާންމުންގެ ދިރިއުޅުމަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ.



މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށެވެ. މި ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށްވެސް އަންނަނީ ބޯކޮށް ވާރެވެހެމުންނެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި، މި ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. މި ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން