Ads by Stelco

ޚަބަރު

މިޞްރުގެ އަޒްހަރުން ކުރިއަށްގެންދާ އިމާމުންނާއި ވާއިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މިޞްރުގެ އަޒްހަރުން ކުރިއަށްގެންދާ އިމާމުންނާއި ވާއިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މިޞްރުގައި ކުރިއަށް ގެންދެވުން ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 04:52

21 ޑިސެމްބަރު 2025، 04:52

ދިވެހިރާއްޖޭގެ އިމާމުންނާއި، ވާޢިޡުން ތަމްރީނުކުރުމަށްޓަކައި، މިޞްރުގެ މަޝްހޫރު އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދެ މަސް ދުވަހުގެ މި ޕްރޮގްރާމަކީ ދީނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފުރިހަމަކަމާއި ހުނަރު ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މިޞްރުގައެވެ. މިތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެނީ  ޢަރަބި ބަހުންނެވެ.

ބައިވެރިވުމުގެ މުހިންމު ޝަރުތުތައް:

މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މުހިންމު ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި ޓްރެއިނިންގއާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ޙާސިލުކޮށްފައިވުން ލާޒިމްކުރެއެވެ. މި ޑިގްރީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ނުވަތަ އެމް.ކިއު.އޭ އިން ވެލިޑޭޓްކުރާ މަރުކަޒަކުން ފުރިހަމަކޮށްފައިވާ ޑިގްރީއަކަށް ވާންޖެހެއެވެ.

މީގެ އިތުރުން، ޢަރަބި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގުމަކީ ވެސް މުހިންމު ޝަރުތެކެވެ. އެހެނީ، ޕްރޮގްރާމްގެ ހުރިހާ ދިރާސާއެއް ކުރިއަށް ގެންދެވޭނީ ޢަރަބި ބަހުންނެވެ.

މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދަތުރުފަތުރުގެ ކަންތައްތަކާއި، ހުރުމާއި، ކެއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެވޭނެއެވެ. އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން އިންޓަރނޭޝަނަލް އެއަރ ޓިކެޓާއި، މިޞްރުގައި ހުންނަ ދުވަސްވަރުގެ ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓައިދިނުމުގެ އިތުރުން، އެކިއެކި ދަތުރުތައް ވެސް ހަމަޖައްސައިދެވޭނެއެވެ. މިކަމުގެ ސަބަބުން ބައިވެރިންނަށް އެއްވެސް މާލީ ބުރައެއް ނެތި ފުރިހަމަ ތަމްރީނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާ އިތުރަށް ހަރުދަނާކޮށް، އިމާމުންނާއި ވާޢިޡުންގެ ޢިލްމީ ފެންވަރު މަތިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދީނީ އިލްމުވެރިން ދެކެއެވެ. ޝަރުތު ހަމަވާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން ފޯމް ފުރުއްވުމަށް ބޭނުންކުރައްވާނެ ލިންކު ތިރީގައި އެވަނީއެވެ. 

https://forms.gle/Wymw5GWLyVE7L4Xu6
 

Ads by MSS

މި ލިޔުން ކިޔާލުމުން