Ads by Stelco

ޚަބަރު

ވީއައިއޭ ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އިލްތިމާސްކޮށްފި

ވީއައިއޭ ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އިލްތިމާސްކޮށްފި

ވީއައިއޭ ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އިލްތިމާސްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 05:16

21 ޑިސެމްބަރު 2025، 05:16

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ސީ ޕްލޭން ފަސިންޖަރުންނަށް ޚާއްސަކޮށްފައިވާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އެމްއޭސީއެލް (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް) އިން އިލްތިމާސްކޮށްފިއެވެ. މި ސަރަހައްދަކީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ދަތުރުވެރިންނަށް ފަސޭހަ ކުރުމަށްޓަކައި ކަނޑައަޅާފައިވާ ޚާއްސަ ސަރަހައްދެކެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ޓާމިނަލް 1 ގެ އެރައިވަލް ގޭޓް 4 ގެ ދެކުނުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަ ކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓް ކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުވެރިން އެރުވުމަށާއި، އެމްއޭސީއެލްގެ މުވައްޒަފުން ބަސްތައް ހުއްޓުމަށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ. މިއީ އެއާޕޯޓްގެ ޚިދުމަތްތައް ހަލުވިކުރުމަށްޓަކައި ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ.

ނަމަވެސް، މި ޚާއްސަ ސަރަހައްދަށް އެހެނިހެން އުޅަނދުތައް ވަދެ، ޕާކުކޮށް، މަޑުކުރަމުންދާކަން އެމްއޭސީއެލްއިން ވަނީ ފާހަގަކުރައްވާފައެވެ.

 "އެހެންކަމުން މި ނޫން އުޅަނދުތައް މި ސަރަހައްދުގެ ތެރޭގައި އަދި މި ސަރަހައްދަށް ވަދެ ނުކުތުމަށް އުދަނގޫވާ ގޮތަށް ޕާކު ކުރުމާއި މަޑުކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަން." އެމްއޭސީއެލް އިިން ބުނެފައިވެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ސީ ޕްލޭންގެ ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުރަސްއެޅި، އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫ އަރައެވެ.

އެމްއޭސީއެލްއިން ވަނީ މިކަންކަން އެގޮތަށް ނުކުރެއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި އެއާޕޯޓުގެ ތެރޭގައި އުޅުއްވާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެމްއޭސީއެލްގެ ސެކިއުރިޓީ އޮފިސަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށްވެސް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެއާޕޯޓަކީ ސެކިއުރިޓީގެ ގޮތުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ތަނެއްކަން ފާހަގަކޮށް، ކޮންމެ ފަރުދެއްގެ އެއްބާރުލުން އެދޭކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން