Ads by Stelco

ޚަބަރު

މާލެ ސަރަޙައްދުގެ ވައި ޞިއްޙަތަށް ނުރައްކާ ވާ މިންވަރަށް ނުސާފުވެ، ރަތް ސަމާލު ނެރެފި

މާލެ ސަރަޙައްދުގެ ވައި ޞިއްޙަތަށް ނުރައްކާ ވާ މިންވަރަށް ނުސާފުވެ، ރަތް ސަމާލު ނެރެފި

މާލެ ސަރަހައްދުގެ ވައިނުސާފުވުން. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޑިސެމްބަރު 2025، 05:48

22 ޑިސެމްބަރު 2025، 05:48

މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން މިއަދު އިތުރުވެ، ޞިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވެފައިވާ ކަމަށް އެއަރ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ރަތް ސަމާލު ނެރެފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލެ ސަރަޙައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގައެވެ. މިއީ އާންމު ޞިއްޙަތަށް ބަލާއިރު ނުރައްކާތެރި މިންވަރެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިންޑެކްސް ކަނޑައަޅާފައިވާ ގޮތުން، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓް ނުވަތަ ރަތް ސަމާލެވެ. މީގެ މާނައަކީ ވައިގެ ނުސާފުކަން ހުރީ ހަމައެކަނި ބަލި މީހުންނަށް ނޫން ކަމަށާއި، މުޅި މުޖުތަމައުގެ އެންމެހާ ފަރާތްތަކަށް ވެސް ނުރައްކާވާ މިންވަރަށެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. މިފަދަ ހާލަތްތަކުގައި ބޭރުގައި އުޅޭ ވަގުތު މަދުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން