ކުޅިވަރު

އެފްއޭއެމްއަށް އެހީތެރިވުމަށް ބީއެމްއެލްއިން 3 އަހަރު ދުވަހުގެ އެއްބަސްވުމަކަށް

އެފްއޭއެމްއަށް އެހީތެރިވުމަށް ބީއެމްއެލްއިން 3 އަހަރު ދުވަހުގެ އެއްބަސްވުމަކަށް

އެފްއޭއެމްއާއެކު ބީއެމްއެލްއިން އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެފްއޭއެމް

farudhun logo

ފަރުދުން

23 ޑިސެމްބަރު 2025، 07:36

23 ޑިސެމްބަރު 2025، 07:36

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އެހީތެރިވުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެފްއޭއެމް އާއި ބީއެމްއެލްއާއި ދެމެދު ވެވުނު މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤެވެ. ހޯމަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެކި ގޮތްގޮތުން ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި އެއްބަސްވުމުގެ ދަށުން އެފްއޭއެމްއިން ކުރިޔަށްގެންދާ އެކި މުބާރާތްތަކުގައި ވެސް ބީއެމްއެލް އެހީތެރިވެދޭނެއެވެ. 

އެފްއޭއެމްއިން ބުނީ، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދިވެހި ފުޓުބޯޅަ ދިރުވައި އާލާކުރުމަށް ބީއެމްއެލްއިން ދޭ އަހަމިއްޔަތުކަން ކަމަށާއި، އަދި މިކަމަށްޓަކައި ބީއެމްއެލްއަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

އެފްއޭއެމްއިން މިހާރު ކުރިޔަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ވެސް ބީއެމްއެލްއެވެ. އަދި މި މުބާރާތުގެ އަތޮޅު ބުރުގެ ހުރިހާ މެޗެއް އިއްޔެ ނިމިފައިވާއިރު، ކުރިޔަށް އޮތް ރީޖަނަލް ބުރުގައި ވެސް ބީއެމްއެލްއިން އެފްއޭއެމްއަށް އެހީތެރިވެދޭނެއެވެ.

އަތޮޅު ފުޓުބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިން 266000 ޑޮލަރު ދޭން ވަނީ ނިންމާފައެވެ. މި އެހީތެރިކަން އެފްއޭއެމަށް ފީފާއިން ދޭން ފަށާފައިވާއިރު މިކަން އިއުލާނު ކުރެއްވީ އޮކްޓޯބަރު 2025 ގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ފީފާގެ ވެބްސައިޓުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450