ދުނިޔެ

މަޝްހޫރު 'ކޯލް އޮފް ޑިއުޓީ' ވީޑިއޯ ގޭމްގެ ކްރިއޭޓަރ، ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެއްޖެ

މަޝްހޫރު 'ކޯލް އޮފް ޑިއުޓީ' ވީޑިއޯ ގޭމްގެ ކްރިއޭޓަރ، ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެއްޖެ

ކޯލް އޮފް ޑިއުޓީގެ ކްރިއޭޓަރ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޑިސެމްބަރު 2025، 02:27

23 ޑިސެމްބަރު 2025، 02:27

ދުނިޔޭގެ އެންމެ މަޝްހޫރު ވީޑިއޯ ގޭމް ސީރީޒްތަކުގެ ތެރޭގައި ހިމެނޭ 'ކޯލް އޮފް ޑިއުޓީ' ހެދުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ވިންސް ޒެމްޕެއްލާ، އޭނާގެ އުމުރުން 55 އަހަރުގައި، ކެލިފޯނިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މި ޙާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ލޮސް އެންޖެލިސްގެ ހައިވޭއެއްގައެވެ.

ޒެމްޕެއްލާ ނިޔާވިކަން ކަށަވަރުކޮށްދީފައި ވަނީ، އިލެކްޓްރޯނިކް އާޓްސް އިންނެވެ. އެއީ އޭނާ ބައިވެރިވެގެން އުފެއްދި ގޭމް ސްޓޫޑިއޯ ރީސްޕޯން އެންޓަޓެއިންމަންޓްގެ މިލްކުވެރި ފަރާތެވެ. މިކަމާއި ގުޅިގެން ރަސްމީ ފަރާތްތަކުން ބުނި ގޮތުގައި، މަޝްހޫރު ވީޑިއޯ ގޭމް ޑިވެލޮޕަރ ޒެމްޕެއްލާ މަރުވެފައިވަނީ، އެހެން މީހަކާ އެކު ހައިވޭމަތީގައި ފެރާރީއެއްގައި ދަތުރުކުރަނިކޮށް އެކްސިޑެންޓެއްވެ ދުއްވަން އިން އެ ކާރުގައި އަލިފާން ރޯވެގެންނެވެ.

މިއީ ހިތަށްވެސް ނާރާފަދަ ބޮޑު ހީނަރުކަމެއް، އަޅުގަނޑުމެންގެ ހިތްތައް ވަނީ ވިންސްގެ އާއިލާއާއި، އޭނާދެކެ ލޯބިވާ ފަރާތްތަކާއި، އޭނާގެ މަސައްކަތުގެ ސަބަބުން އަސަރުކުރި ހުރިހާ އެންމެންނާއެކު.

އިލެކްޓްރޯނިކް އާޓްސްއިން ބުންޏެވެ.

އެ ސަރަޙައްދުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގި ވަގުތު ޒެމްޕެއްލާ އާއެކު އެ ކާރުގައި އިތުރު މީހަކުވެސް ދަތުރުކުރަމުންދިޔަ އެވެ. ނަމަވެސް، އެކްސިޑެންޓު ހިނގި ވަގުތު ކާރު ދުއްވަން އިނީ ކާކު ކަމާއި، އެ ކާރުގައި ދެން އިން މީހަކީ ކާކުކަން އަދި ސާފެއް ނުވެއެވެ. މި އެކްސިޑެންޓްގެ ސަބަބުން ދެ މީހުންވެސް ކާރު ތެރޭގައި ތާށިވެ، ދެމީހުން ވެސް ވަނީ މަރުވެފައެވެ.

ވިންސް ޒެމްޕެއްލާ އޭނާގެ ދިގު މުއްދަތުގެ ބައިވެރިން ކަމަށްވާ ޖޭސަން ވެސްޓް އަދި ގްރާންޓް ކޮލިއަރާ ގުޅިގެން ކޯލް އޮފް ޑިއުޓީ އުފެއްދާފައި ވަނީ 2003 ވަނަ އަހަރުއެވެ. މި ގޭމް ސީރީޒްއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ކުޅޭ ގޭމްތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ގޭމެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ބައެއް ހާދިސާތަކުން އުފެއްދި މި ގޭމްގެ 500 މިލިއަނަށްވުރެ ގިނަ ކޮޕީ ވިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ، މި ގޭމްގެ އަސްލަކަށް ބިނާކޮށް ލައިވް-އެކްޝަން ފިލްމެއްވެސް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޯލް އޮފް ޑިއުޓީ ފްރެންޗައިޒްއަކީ ވިންސް ޒެމްޕެއްލާ ހަމައެކަނި ކާމިޔާބީއެއް ނޫނެވެ. މެޑަލް އޮފް އޮނަރ، ޓައިޓަންފޯލް އަދި އޭޕެކްސް ލެޖެންޑް ފަދަ އެހެން މަޤުބޫލު ގޭމްތަކުގެ ފަހަތުގައި ވެސް ޒެމްޕެއްލާ ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450