Ads by Stelco

ޚަބަރު

މާލެ އަތޮޅުގެ ރަށްތަކުގައި އިބަމަ އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ފަށައިފި

މާލެ އަތޮޅުގެ ރަށްތަކުގައި އިބަމަ އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ފަށައިފި

ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޑިސެމްބަރު 2025، 02:53

23 ޑިސެމްބަރު 2025، 02:53

މާލެ އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށްދާނީ މާލޭގައެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ޢަމަލީ މަސައްކަތުގެ ބައި ކުރިއަށްދާނީ ކ. އަތޮޅުގެ އެކި ރަށްރަށުގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތަކުގައި އިބަމައިގެ މެންބަރުންގެ ދައުރާއި، ހިފަހައްޓަންޖެހޭ އަސާސްތަކާއި، ރަނގަޅުގޮތުގައި މުއާސަލާތު ކުރުމާއި، އެކަން ކުރާއިރު ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް، ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި އަށަގެންފައި ހުންނަ އާދަކާދަތަކާއި އަދި ޤަބޫލުކުރުންތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، މުޖުތަމަޢުގައިވާ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އިޖުތިމާޢީ ބަދަހި މަދަދުވެރިން މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަމަލީގޮތުން ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލައިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގައި، ކ. އަތޮޅުގެ ޖުމްލަ 09 ރަށުންނާއި، ހުޅުމާލެ ނެއިބަހުޑް ޕޮލިސްއިން ޖުމްލަ 36 ފަރާތެއް ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450