Ads by Farudhun

ޚަބަރު

ސްޓެލްކޯއިން އައްޑޫ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތުގެ ސާވޭ ފަށައިފި

ސްޓެލްކޯއިން އައްޑޫ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތުގެ ސާވޭ ފަށައިފި

ސްޓެލްކޯގެ މުވައްޒަފުން ސާވޭގެ މަސައްކަތްފެށުން. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2026، 12:29

17 ސެޕްޓެމްބަރު 2026، 12:29

ހުލާސާ


އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތުގެ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ މުޅި ރާއްޖެއަށް ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ ޓީމުތަކުން މިހާރު ދަނީ އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތްތަކުގެ ސާވޭގެ މަސައްކަތްތައް ފުރިހަމަކުރަމުންނެވެ.



ފެނަކަ ކޯޕަރޭޝަނުން ކުރިން ހިދުމަތް ދެމުން އައި އެ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ނިޒާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިންނެވެ.

ދެ އަތޮޅެއްގެ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ވެސް އެ ކުންފުނިން ވަނީ ހަވާލުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450