Ads by Stelco

ޚަބަރު

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އެދިއްޖެ

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އެދިއްޖެ

ޕާސްޕޯޓު ދޫކުރުން/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޑިސެމްބަރު 2025، 05:06

23 ޑިސެމްބަރު 2025، 05:06

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ.

އިމިގްރޭޝަނުން މިކަމަށް އެދިފައި ވަނީ، ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ގިނަ ޢަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާކަން ފާހަގަކުރެވިގެންނެވެ. އިމިގްރޭޝަނުން ވަނީ، ދަތުރުގެ ތާރީޚާ ކައިރިވަންދެން މަޑުނުކޮށް، ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ޕާސްޕޯޓަށް އެދި imuga.immigration.gov.mv/passport އަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އެދުނުއިރު އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. އަދި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެއެވެ.

މީގެ އިތުރުން، މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މާލެ ސަރަޙައްދުގައި 250،000 އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވާ ފަސީޙް ވިދާޅުވެފައި ވަނީ އިމިގްރޭޝަނުން މަސައްކަތްކުރައްވަނީ އަންނަ މަސްތެރޭ އެ މަސައްކަތްވެސް ފެށުމަށް ކަމަށެވެ.

ޕާސްޕޯޓު ހެދުމާއި، ޕާސްޕޯޓު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450