Ads by Stelco

ޚަބަރު

މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދައެއް ނުދޭނެ: ވަޒީރު ޠާރިޤް

މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދައެއް ނުދޭނެ: ވަޒީރު ޠާރިޤް

ވަޒީރު ޠާރިޤް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޑިސެމްބަރު 2025، 11:13

23 ޑިސެމްބަރު 2025، 11:13

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. މީގެ އިތުރުން، ބައެއް ސަފާރީތަކުން ރަށްރަށަށް ބަނގުރާ އެތެރެކުރާ މައްސަލަތައް ފާހަގަކުރެވެމުންދާ ކަމަށާއި އެކަންކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާ އޫރު މަސް ވިއްކުމަކީ އެއްވެސް ގޮތަކަށް ކަންތައްތައް ކުރަންވީ ގޮތެއް ނޫން. އަނެއްކާ އަޅުގަނޑުމެން މިހާރުވެސް ދޭތެރެދޭތެރިން ސަފާރީތަކުން ބައެއް ރަށްތަކަށް ބަނގުރާ އެތެރެކުރާ މައްސަލަތައް ޖެހެމުންދޭ. އެކަންތައްތަކަށް ހައްލެއް ގެނައުމަށްވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމްގެ ސިޔާސަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދާ ފަތުރުވެރިކަމަކީ "ޑްރައި ޓޫރިޒަމް" އެއްގެ ގޮތުގައި ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ލިބެން ހުރެގެން ނުވާނެ ކަމަށް ވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު އިތުރަށް ވިދާޅުވީ، ޕޮލިސީ ލެވެލްގައިވެސް ސަރުކާރުން ބޭނުންވަނީ ލޯކަލް ރަށްރަށުގައި ރަލާއި އޫރުމަސް ހުއްދަ ނުކުރަން ކަމަށެވެ. ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް މިހާރުވެސް އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މަނާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450