Ads by Stelco

ޚަބަރު

ހުޅުމާލޭގެ މަގުތަކުން ނެގި ސްޕީޑު ބުރޭކަރުތައް ހުރިއިރު އެކްސިޑެންޓުތައް މަދުކަމަށް ފުލުހުން ހާމަކޮށްފި

ހުޅުމާލޭގެ މަގުތަކުން ނެގި ސްޕީޑު ބުރޭކަރުތައް ހުރިއިރު އެކްސިޑެންޓުތައް މަދުކަމަށް ފުލުހުން ހާމަކޮށްފި

ސްޕީޑު ބުރޭކަރުތައް ނެގުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

24 ޑިސެމްބަރު 2025، 10:30

24 ޑިސެމްބަރު 2025، 10:30

ގިނަ ބަޔަކަށް އުނދަގޫވެ ޝަކުވާކުރަމުން ދިއުމާ ގުޅިގެން، ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި ހަނި ސްޕީޑު ބުރޭކަރުތައް ނެގުމުގެ ކުރިން އެކްސިޑެންޓުތައް މަދުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. 

މި އަހަރުގެ ސެޕްޓެންބަރު މަހު ހަރުކުރި މި ސްޕީޑު ބްރޭކަރުތަކަކީ، ހުޅުމާލޭގެ މަގުތަކުގައި ހިނގަމުންދާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަރުކުރި ސްޕީޑު ބްރޭކަރުތަކެކެވެ. އެހެންކަމުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައިވެސް މެޓަލް ސްޕީޑް ބްރޭކަރުތައް ހަރުކޮށްފައި ހުއްޓެވެ.

ނަމަވެސް އެ ސްޕީޑު ބުރޭކަރުތައް ނެގީ، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުކުރުންތަކުގެ ތެރެއިން ގިނަ ބަޔަކު އެކަމަށް އެދުމުން، މި މަހުގެ މެދުތެރޭގައެވެ. 

މާލެ އޭރިއާގެ ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ފަސީޙު ވިދާޅުވީ، އެ މޮޑެލް ނުވަތަ ބާވަތުގެ ސްޕީޑު ބްރޭކަރުތަކަކީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެއީ އަލަށް ބޭނުންކުރަން ފެށި ސްޕީޑު ބްރޭކަރުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ސްޕީޑު ބްރޭކަރުތައް ނަގަން ޖެހުނީ އެ ތަކެތީގައި އެއްވެސް މައްސަލައެއް ހުރެގެން ނޫންކަމަށާއި، ނަމަވެސް ރައްޔިތުންގެ ޝަކުވާއާ ގުޅިގެން ކަމަށެވެ. 

މާލެ ސަރަޙައްދުގައި މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުންވެސް ގިނަ އިންތިޒާމްތަކެއް ދަނީ ހަމަޖައްސަމުންނެވެ. ގިނަ ސަރަޙައްދުތަކުގައި އަބަދުވެސް ފުލުހުން ޤާއިމުވެ ތިބެ ބެލެހެއްޓުމާއި، މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރަށް، ތާފާތު ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށްގެންދިއުންވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450