ޚަބަރު
ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ
ހުޅުމާލެ/ފޮޓޯ: ދައުރު
ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މިއަދު، ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެއެވެ.
އެގޮތުން، ކަރަންޓު ކެނޑޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި ހުޅުމާލެ، އުނިގަސްމަގާއި، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުތައް ހިމެނެއެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހު 14:00 އާއި 16:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ހިދުމަތް ކޮންމެހެން މެދުކަނޑާލަައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީ، ހުޅުމާލެ، އުނިގަސްމަގާއި، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުން 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އާއި 16:00 އާ… pic.twitter.com/042GlJqHkq
— STELCO (@STELCOMALDIVES) December 23, 2025