ޚަބަރު
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ!
ފުލުހުންގެ ހެޑްކުއަރޓާސް.
ގެއްލިގެން ހޯދަމުންދިޔަ މާކުރަތު ޒުވާނާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު / ތިންތަރި، އަޙްމަދު ޝާހީން 21 އަހަރު ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ މާލެއިން ކަމަށާއި، ޒުވާނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ބުނެފައިވެއެވެ.
އަޕްޑޭޓް: އަޙްމަދު ޝާހީން މާލެއިން ވަނީ ފެނިފައި. ހާލު ރަނގަޅު. https://t.co/ZnEpo40pYH
— Maldives Police (@PoliceMv) November 11, 2024
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައިވަނީ އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީއެވެ.
ކުރިން ފުލުހުން ބުނެފައިވަނީ އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.