Ads by Stelco

ޚަބަރު

ތަޢުލީމީ ވުޒާރާގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ތަޢުލީމީ ވުޒާރާގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ތަޢުލީމީ ވަޒީރު ގަސްއިންދަނީ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ޑިސެމްބަރު 2025، 01:48

24 ޑިސެމްބަރު 2025، 01:48

ތަޢުލީމީ ވުޒާރާގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއާއި، އެ ވުޒާރާގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މިއީ އެ ވުޒާރާގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ތިމާވެށްޓަށް ހޭލުންތެރިކުރުވުމާއި، ސަރުކާރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ޙަރަކާތެއް ކަމަށެވެ. އެގޮތުން، މި ޙަރަކާތުގައި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދުގައާއި، ޝަހީދު ޢަލީ ސްކޫލްގައި 100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައިވާއިރު، މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ވެސް މި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިދިޔަ އަހަރު ތިމާވެށީގެ ދުވަހުއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1،027،372 ގަސް ވަނީ އިންދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450