Ads by Stelco

ޚަބަރު

ރަސްމާލެއިން ޖުމްލަ 41 ހެކްޓަރުގެ ބިން ހިއްކައި، މަސައްކަތުގެ 30 އިންސައްތަ ފުރިހަމަކޮށްފި

ރަސްމާލެއިން ޖުމްލަ 41 ހެކްޓަރުގެ ބިން ހިއްކައި، މަސައްކަތުގެ 30 އިންސައްތަ ފުރިހަމަކޮށްފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ޑިސެމްބަރު 2025، 02:09

24 ޑިސެމްބަރު 2025، 02:09

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްކަމަށްވާ ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތުގެ 30 އިންސައްތަ ފުރިހަމަކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން، މި މަޝްރޫޢުގެ އެންމެފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި ނިންމާލާފައިވާ ކަމަށެވެ. މިއާއެކު، މުޅި މަޝްރޫޢުގެ 30 އިންސައްތަ ފުރިހަމަވެފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ގެނައި ދެ ޑްރެޖަރާއެކު މަސައްކަތް ހަލުވިވެފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން، މި މަސައްކަތަށް އިތުރު ބާރެއް ގެނެސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރ ކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" މި މަޝްރޫޢުގައި ބޭނުންކުރަން ފެށުމުންނެވެ. މި ޑްރެޖަރ މަސައްކަތް ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ރަސްމާލޭގެ މަޝްރޫޢަކީ، ދުނިޔޭގެ ވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. މީގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށްގެންދާއިރު، ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450