Ads by Stelco

ޚަބަރު

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ފުރާ އަދި އަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް!

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ފުރާ އަދި އަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް!

އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ޑިސެމްބަރު 2025، 03:03

24 ޑިސެމްބަރު 2025، 03:03

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ޕަސިންޖަރުން ގޮވައިގެން މާލެއިން ފުރާ އަދި އަންނަ އުޅަނދުފަހަރު ޗެކްކުރުމަށް  ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ، މިއީ ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ހިނގާ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޙަރަކާތުގައި ގްރޭޓަރ މާލެ އޭރިއާއިން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި، އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި، ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިންމު ކަމާބެހޭ ގޮތުންވެސް މަޢުލޫމާތު ދެމުންގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

 މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450