ދުނިޔެ

އިޒްރާއިލް ބައިވެރިވާތީ ޔޫރޯވިޝަން ބޮއިކޮޓް ކުރުމަށް އިޓަލީގެ ޔޫނިއަނުން ގޮވާލައިފި

އިޒްރާއިލް ބައިވެރިވާތީ ޔޫރޯވިޝަން ބޮއިކޮޓް ކުރުމަށް އިޓަލީގެ ޔޫނިއަނުން ގޮވާލައިފި

އިޒްރާއިލް ބައިވެރިވާތީ ޔޫރޯވިޝަން ބޮއިކޮޓް ކުރުމަށް އިޓަލީގެ ޔޫނިއަނުން ގޮވާލުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2025، 04:17

24 ޑިސެމްބަރު 2025، 04:17

އިޒްރާއިލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން، 2026 ވަނަ އަހަރުގެ ޔޫރޯވިޝަން ލަވަ މުބާރާތުގައި އިޒްރޭލު ބައިވެރިވާތީ އެ މުބާރާތް ބޮއިކޮޓް ކުރުމަށް ގޮވާލާ އިޓަލީގެ ދައުލަތުގެ ބްރޯޑްކާސްޓަރު ރާއީ  ގެ ޔޫނިއަނުން ޕެޓިޝަނެއް ފަށައިފިއެވެ.

ޔީއެސްބީ ޔޫނިއަނުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ އިޒްރޭލު ބައިވެރިވާތީ މިހާތަނަށް ފަސް ޤައުމަކުން މުބާރާތުން ވަކިވެފައިވާ ދަނޑިވަޅެއްގައި ފެށި ހަރަކާތެކެވެ.

މި ޕެޓިޝަނުގައި 3,000 އަށްވުރެ ގިނަ ސޮއި ހޯދުމަށް އަމާޒު ހިފާފައިވާއިރު، ޔޫނިއަނުން ވަނީ ރާއީ އަށް ބާރުއަޅާފައެވެ. ޔޫނިއަނުން ބުނާ ގޮތުގައި އިޓަލީން މި މުބާރާތުން ވަކިވެ، މުބާރާތް ދެއްކުން ހުއްޓާލުމަކީ ހަމައެކަނި އަޚްލާގީ ގޮތުން ނިންމާ ނިންމުމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަޤުވާމީ މައިދާނުގައި އިޓަލީން ނަމޫނާ ދެއްކުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ޔޫއެސްބީގެ ކޯޑިނޭޓަރު ކްލައުޑިއޯ ސިކޯން ބުނެފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުމުން ރަޝިޔާ ފަދަ ޤައުމުތައް މުބާރާތުން ބޭރުކުރާ އުސޫލުން އިޒްރޭލާ މެދުވެސް ޢަމަލުކުރަން ޖެހޭނެއެވެ.

"އެހެން ނޫން ނަމަ މިއީ ދެފުށް ފެންނަ އުސޫލެއް ނޫން،" އޭނާ ބުނެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުންވެސް އިޒްރޭލުން ޤަތުލުއާންމު ހިންގާފައިވާ ކަމަށް ބަލާފައިވާކަން އޭނާ ފާހަގަކުރިއެވެ.

މި މުބާރާތުން ވަކިވުމަކީ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ނަމަވެސް، އިންސާނީ ކަރާމާތާއި އިންސާފުގެ އަގުތައް ހިފެހެއްޓުމަކީ މާ މުހިންމު ކަމެއް ކަމަށް ޔޫނިއަނުން ޤަބޫލުކުރެއެވެ. އިޓަލީގެ ގިނަ ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން މަގުމަތީގެ މުޒާހަރާތަކުންނާއި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ސާފުވާ ކަމަށްވެސް ސިކޯން ބުނެފައިވެއެވެ.

އަންނަ އަހަރު ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯވިޝަން މުބާރާތުން މިހާތަނަށް ސްޕެއިން، އަޔަލޭންޑް، ސްލޮވީނިއާ، ނެދަލޭންޑްސް އަދި އައިސްލޭންޑް ވަނީ ވަކިވެފައެވެ. މި ޤައުމުތަކުން ވަކިވީ އިޒްރޭލުން ޣައްޒާގައި ހިންގާ ހަނގުރާމައާ ގުޅިގެންނާއި، އެންމެ ފަހުން ބޭއްވި މުބާރާތުގެ ނަތީޖާއަށް އިޒްރޭލުން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450