Ads by Stelco

ޚަބަރު

އިދިކޮޅު ޕާޓީގެ ކޯޅުން ކުޑަކުރަން ބޭއްވި ބައްދަލުވުމާއެކު، ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީނަށް ދަޢުވަތެއް

އިދިކޮޅު ޕާޓީގެ ކޯޅުން ކުޑަކުރަން ބޭއްވި ބައްދަލުވުމާއެކު، ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީނަށް ދަޢުވަތެއް

ރައީސް ނަޝީދު އަދި ރައީސް ޞާލިޙް. ފޮޓޯ: އެމްޑީޕީ

farudhun logo

ފަރުދުން

24 ޑިސެމްބަރު 2025، 07:08

24 ޑިސެމްބަރު 2025، 07:08

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިއޮތް ކޯޅުން ކުޑަކުރުމަސް ޕާޓީގެ އިސް ސިޔާސީ ދެލީޑަރުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މިއަދު ބައްދަލުކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމަށްފަހު އެމްޑީޕީއާއެކު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ހިއްސާއެއް އޮތުމަކީ އެންމެ އެދެވޭ ގޮތް ކަމަށް އެދެބޭފުޅުން ވަނީ ވިދާޅުވެފައެވެ. 

ޤައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމީނާއެކު ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމާއިއެކު ވެސް އެމްޑީޕީން ވަނީ ސިޔާސީ މަސައްކަތްތަކެއް ކޮށްފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، "ޔާމީނާއެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ. ރައީސް މައުމޫނުގެ އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރީމެންނޫންތޯ. ކުރެވޭނެ. އަޅުގަނޑުމެންނަށް ފެންނަނީ އެ މަގު ހޯދޭނެހެން. މިހާރު ޤައުމު މިއޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް އައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އޮންނަން އެދޭ ކަމެއް،" ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އިންތިހާބަށްފަހު އެމްޑީޕީ ކުރިއަށްދާނީ ބައިބައިވުމެއް ނެތި ކަމަށް ދެ ރައީސުން ވެސް ޔަގީންކަން ދެއްވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު އެންމެން އެކީގައި ކުރިއަށްދާނެ ކަމަށާއި، ޕާޓީ ބައިބައިވާން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، 2023ގެ ރިޔާސީ އިންތިޚާބުގައި ކަންކަން ހިނގައިދިޔަ ގޮތަށް އިޝާރާތް ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، އޭރު ކަންކަން ވެފައިވަނީ ވެގެން ނުވާނެ ގޮތަކަށް ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ދައްކަން ޖެހޭ ގިނަ ވާހަކަތަކެއް ނުދެއްކި ހުރުމުން ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ކަންކަން ބައްޓަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450