Ads by Stelco

ޚަބަރު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

އިމިގްރޭޝަން އޮފިސަރުންތަކެއް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ތަކަކާ ސުވާލުކުރަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2025، 08:16

24 ޑިސެމްބަރު 2025، 08:16

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޚާއްސަ ދަފުތަރެއް އެކުލަވާލުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

 މި މަސައްކަތަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ހުއްދައެއް ނެތި އުޅޭ ބިދޭސީންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންގެ އިތުރުން، ކާކުކަން އަންގައިދޭ ސައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ގަވާއިދުގެ ތެރެއަށް ފެއްތުމެވެ. މި މަސައްކަތް ކުރިއަށްދާނީ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުންނެވެ.

މި މަސައްކަތުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" މެދުވެރިކޮށް، ވަޒީފާ ބޭނުންވާ ބިދޭސީންނަށް ޖޮބް މެޗިންގްގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މިނިސްޓްރީން ހުޅުވާލި މުއްދަތުގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް މީހުން، ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި އެކުލަވާލެވޭ ދަފްތަރުގެ ސަބަބުން، ވަޒީފާއަށް ބިދޭސީން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުތައް މިނިސްޓްރީ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއީ ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާ ބޭނުންވާ ބިދޭސީންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

މާސް ލީގަލައިޒޭޝަން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މި މަސައްކަތް 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި، ރަސްމީކޮށް ހަވާލުވާނެ ފަރާތެއް ނެތް ބިދޭސީންނާއި ފިލައިގެން އުޅޭ ބިދޭސީންނަށް ސައްޙަ ވޯކް ޕާމިޓް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450