Ads by Stelco

ޚަބަރު

މި މަހުގެ ތިންވަނަ ހަފްތާގައި މާލޭ ސިޓީގައި 40އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގައިފި

މި މަހުގެ ތިންވަނަ ހަފްތާގައި މާލޭ ސިޓީގައި 40އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގައިފި

ސިނަމާލެ ބުރިޖުގައި ހިނގާފައިވާ އެކްސިޑެންޓެއް / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ޑިސެމްބަރު 2025، 09:10

24 ޑިސެމްބަރު 2025، 09:10

މި ހިނގާ ޑިސެންބަރު މަހުގެ 14އިން 20 ވަނަ ދުވަހާ ދެމެދު، ސިނަމާލެ ބްރިޖު ހިމެނޭހެން ގްރޭޓަރ މާލޭ ސަރަޙައްދުގައި 42 އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ ޑިސެންބަރު 18ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 11 އެކްސިޑެންޓެއް ހިނގާފައިވެއެވެ.

އަދި މި އެކްސިޑެންޓު ތަކުގައި 28 ވެހިކަލަކަށް ގެއްލުންވެފައިވެއެވެ. މީގެ އިތުރުން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ ދުވާލުގެ ވަގުތުގައެވެ. އެގޮތުން ދުވާލުގެ ވަގުތު 31 އެކްސިޑެންޓު ހިނގާފައިވާއިރު، އެއީ އެކްސިޑެންޓުތަކުގެ 74 އިންސައްތައެވެ. 

މުޅި މާލޭ ސަރަޙައްދަށް ބަލާއިރު، އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި ވަނީ ކާރޫބާރޫ ބޮޑު މާލޭގައެވެ. އެގޮތުން މާލޭގައި ވަނީ 35 އެކްސިޑެންޓު ހިނގާފައެވެ.



މި އެކްސިޑެންޓުތަކުގައި އެއްވެސް މީހަކަށް ސީރިއަށް އަނިޔާތަކެއް ލިބިފައިނުވާއިރު، އެންމެ ގިނައިން އެކްސިޑެންޓު ހިނގީ ކާރާއި ސައިކަލު ޖެހިގެންނެވެ. އެއީ 14 އެކްސިޑެންޓެވެ. މީގެ އިތުރުން ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކުގެ އަދަދު 7އަށް އަރާއިރު، ދެ ކާރު ޖެހިގެން ހިނގާފައި ވަނީ 5 އެކްސިޑެންޓެވެ. 

މާލެ ސަރަޙައްދުގައި މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުންވެސް ގިނަ އިންތިޒާމްތަކެއް ދަނީ ހަމަޖައްސަމުންނެވެ. ގިނަ ސަރަޙައްދުތަކުގައި އަބަދުވެސް ފުލުހުން ޤާއިމުވެ ތިބެ ބެލެހެއްޓުމާއި، މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރަށް، ތާފާތު ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށްގެންދިއުންވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450