Ads by Stelco

ޚަބަރު

ސަފާރީގައި ރޯވީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ތިއްބައި: ފުލުހުން

ސަފާރީގައި ރޯވީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ތިއްބައި: ފުލުހުން

ސާފާރީގައި އަލިފާން ރޯވެފައި / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

24 ޑިސެމްބަރު 2025، 10:29

24 ޑިސެމްބަރު 2025، 10:29

ވ އަތޮޅުގައި އޮތް ސަފާރީގައި ރޯވިއިރު އޭގައި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ތިބިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 17:50 ހާއިރުއެވެ. މި ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއިން އެ ސަރަޙައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް، އެ އަތޮޅު ފެލިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަތޮޅުގެ ކުޑަ އަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީގައި އޭރު ތިބި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި 12 އަންހެނުންނެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު މީހެކެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާއިން ދަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ސަފާރީގައި ރޯވި އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދި އަލިފާން އެއްކޮށް ނިއްވާލެވިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450