Ads by Stelco

ޚަބަރު

ބިދޭސީންނަށް ކުއްޔަށްދީފައިވާ ފުލެޓުތައް 10 ދުވަސްތެރޭގައި ހުސްނުކޮށްފިނަމަ ފުލެޓު އަތުލާނެކަމަށް އެޗްޑީސީއިން އަންގައިފި

ބިދޭސީންނަށް ކުއްޔަށްދީފައިވާ ފުލެޓުތައް 10 ދުވަސްތެރޭގައި ހުސްނުކޮށްފިނަމަ ފުލެޓު އަތުލާނެކަމަށް އެޗްޑީސީއިން އަންގައިފި

ހުޅުމާލެ ފޭސް-2ގެ ހިޔާ ޓަވަރުތައް / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޑިސެމްބަރު 2025، 06:46

25 ޑިސެމްބަރު 2025، 06:46

ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ފުލެޓުތައް 10 ދުވަސްތެރޭގައި ހުސްނުކޮށްފިނަމަ، އެ ފުލެޓުތަކުގެ އެއްބަސްވުން އުވާލައި، އެ ތަންތަން އަތުލާނެކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުދަދުވަހުގެރޭ އިޢުލާންކޮށްފިއެވެ. 

އެޗްޑީސީއިން ބުނީ ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކުރުމަކީ ޤަވާއިދާ ޚިލާފުކަމެއް ކަމަށެވެ. އެހެންކަމުން އެ ތަންތަން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން 3 ޖެނުއަރީ 2026ގެ ކުރިން އެ ތަންތަން ހުސްކޮށް، އެޗްޑީސީއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް އަންގާ ކަމަށެވެ. 

އަދި އިސްވެ ދެންނެވުނު ތާރީޙުގެ ފަހުން، ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ، މި ކޯޕަރޭޝަނާއެކު ވެފައިވާ ފްލެޓު އެއްބަސްވުން އުވާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އެޗްޑީސީންކުރި އިޢުލާންގައި ބުނެފައި ވެއެވެ.

އެޗްޑީސީން މިގޮތަށް އިޢުލާންކުރިއިރު، ހުޅުމާލޭ ފޭސް-2ގައި ހުންނަ ހިޔާ ފްލެޓުތަކުގެ ގިނަ އެޕާޓްމަންޓުތަކެއް ބިދޭސީންނަށް ކުއްޔަށްދީފައިވާ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެއީ އެއް ތަނެއްގައި ގިނަ ބިދޭސީންތަކެއް އުޅެ، ސާފުތާހިރުކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން އެހެން އެޕާޓްމެންޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުގެ އުނދަގޫ ފޯރަމުން ދިއުމުންނެވެ. 

ފުލެޓުތައް ކުއްޔަށްދޭ މައްސަލައަކީ، ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ވެސް ގިނަ ބަޔަކު ޝަކުވާ ހުށަހެޅި ކަމެކެވެ. އެކަމާ ގުޅިގެން އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ، ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450