Ads by Stelco

ޚަބަރު

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބައުންޑު ވޯލްގެ ބޮޑު ބައެއް ނިމިއްޖެ

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބައުންޑު ވޯލްގެ ބޮޑު ބައެއް ނިމިއްޖެ

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބައުންޑު ވޯލް ޖެހުން / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

25 ޑިސެމްބަރު 2025، 08:25

25 ޑިސެމްބަރު 2025، 08:25

ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބައުންޑު ވޯލްގެ %45ގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ. 

މި މަޝްރޫޢަކީ2023ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ނަމަވެސް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މާއެނބޫދޫއަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ. 

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރު ހިއްކަން ނިންމާފައިވާ 15 ހެކްޓަރު، 30 ހެކްޓަރަށް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާނަމަ، 2 ހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކައިދޭނެކަމަށްވެސް ވިދާޅުވިއެވެ.



މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރަށަށް 15 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތެވެ. މިއީ 76.76 މިލިޔަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މާއެނބޫދޫއަކީ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ބިމުގެ ބޮޑުމިނުގައި 30 ހެކްޓަރުގެ ބިން އޮންނައިރު، ރަށުގެ ބިން ވަނީ ވަރަށް ބޮޑަށް ފުރިފައެވެ. އެހެންކަމުން އިތުރަށް ގެދޮރު ދޫކުރުމަށާއި، އިޤްތިޞާދީ މަސައްކަތްތައް ރަށުގައި ހިންގުމަށްވެސް ބިމުގެ ދަތިކަން އޮތީ އިންތިހާއަށް ބޮޑުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450